Showing posts with label dark. Show all posts
Showing posts with label dark. Show all posts

To a moonless night (kalhufoe reakah).

  • Thursday, October 25, 2007
  • 6


ހިމޭންކަމުގެ ރާގުން ހިމޭންކަން ހިތަށްދޭ
މިރޭގަނޑުގެ އަނދިރިން ލޮލަށް ފިނިކަމެއްދޭ.
ހަނދެއް ހަނދުވަރެއްނެތް،
އެއިން ފެންވަރާކަށް އެރިހި ދޯދިތައްނެތް.
ވަށައިގެން އަނދިރިކަން ، ވަނީ ކަނު އަނދިރިކަން،
ދެލޯ ހުޅުވުމާ މެރުމުގާ އަދު ފަރަގުނެތް.


ނުލާހިކު އަނދިރި ކަޅުފޮއެ ރެޔާއޭ!
ފަދައިން ހަނދުވަރީރޭ ތިބާނުވިއަކަސް ހެޔޮ.
ނިކަން ދެކިބަލާށޭ ޖަރީވެފަ އުޑޭވީ؛
އެއަލިމަސް ތަކުގަވާ އެ ފުރިހަމަކަމާއޭ،
އެތަރިތައް ހިތަށްދޭ އުފާބޮޑު ކަމާއޭ.
ހިތަށް ހަމަޖެހުންދޭ އަނދިރި ކަޅު ކަމާއޭ!

ތިއީ އިބުރަތެއް ދަރުސެކޭ އަދު ދެކެފިނަމަ،
ނިކަންދޭ ފިލާވަޅު މަށަށް އެދުރެކޭތީ.
މިދުނިޔޭގެ ތިޔައީ ހިޔަންޏެއް ކަމަށްވޭ،
ހަގީގަތް މިތަނުގައިވި ދައްކާ ނިކަންދޭ.
ހިނގާދުނިޔެ އެ އުސޫލު ދައްކާތިބާދޭ،
ވެޔޭ އަލިކަމަށްފަހު އަނދިރިކަން ޔަގީނޭ.
ހަނދާންކޮށް މަށަށްދޭ މިނިކަމެތި މަގޭކަން،
ހަނދާންކޮށް މަށަށްދޭ އެ ކައްވަޅުގެ މަންޒިލް.
ކަލާކޯ މަށަށް ދެއްވި ބޮޑު ނިއުމަތެއްކަން،
ވަށައިގެން ވި އަލިކަން ، މި ދެލޮލަށް ފެނުނުކަން.

އެމީހުން ތިބާއަށް އެބިރުގަންނަނީ ޅޭ،
އަލީގައި ނިކަން އަޅެ އަމާންކަންވަނީހޭ؟
އެހާމަދުމަދުން ފެންނަ ފުރިހަމަކަމާއޭ،
މިގޮތުގާ ތިބާ ހާއްސަ ވާކަން ޔަގީނޭ.
ބައެއްފަހަރު ލޯބީގަ ހަނދުވަރު ނެތަސްވެސް ،
ވުމަށް ހެކި އެތަނުގާ ތިބާވުން ނެތީހޭ؟
ނިކަން ތިބެ ބުނާށޭ، މިގޮތް ކަމުނުދޭހޭ،
އެހަނދުވަރުގެ ބަދަލަށް އަނދިރި ކަމުނުދޭހޭ؟

ވުމެއްނެތި ބަރޯސާ ފުދުންތެރި ގޮތެއްގައި،
އެއިން ކޮންމެ މަހަކުމެ އުފާކަން ގެނެސްދޭ.
ތިއީ ގުދުރަތުން އެއްމެ ފުރިހަމަ ގޮތެއްގައި ،
ވުޖޫދަށް ގެނައި އެއްމެ ފުރިހަމަ އަނދިރިކަން.
ތިއީއޭ އަނދިރިކަން، އުފާދޭ އަނދިރިކަން،
ނުވާނަމަ ތިބާ އަލިކަމުގެ މާނައެއްނެތް.
ނުވާނަމަ ތިބާ ހިތްތަކަށް ހަމަޖެހުންނެތް،
ނުވާ ދެވަނައެއް ގުދުރަތުގެ ތީ އަޖައިބެއް.

--މޮޔަމީހާ

Life (mibalaaverikan)!

  • Friday, September 14, 2007
  • 13

މިބަލާވެރިކަން! ، މިބަލާވެރިކަން!

މިބަލާވެރިކަން ނިމިދޭހެ ފިލާ؟
މިކަމުން މިންޖުވެ، އުޅެވޭހެ ހިލާ؟
މިކަމުން ދުވަހަކު، ނުވެވޭހެ ނަޖާ؟

ދާރުލް މި ފަނާ، ދާރުލް ހެ ބަލާ؟
ލެއްވީ މިއަޅާ ލިބުމަށްހެ ސަޒާ؟
ހޭތޮށަލި ދުޅައިން ނީދުނިޔެހިނގާ؟
ހޭމީ އެޖަހަންނަމު ތަ ބުނާ؟

ހޭނުލެވޭނެހެ މިކަމުން ނާމާން؟
ހޭނުވެވޭނެމި ހުރަގޭން މިނިވަން؟
ހޭނާރާނެ އިރެއް މިރެއަށް ކަޅުފޮއެ؟
ހޭމަންޒިލަކަށް ނުދެވޭނެ އަމާން؟

ބާރުންގަދަ ވީ ދަނޑިމާރުއަޅާ،
ވާށޭ މިނިވަން ވަގުތުން ހެވިލާ ،
ދާށޭ އަދުވީ މިދުނިޔެ އަޅާ!
އާނއޭ މިކަރަށް ދަންމަޅިމިމަހާ!

--މޮޔަމީހާ